ރައީސް ޑރ. މުހައްމަދު މުއިއްޒު، “ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު” މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން މަޖިލީހަށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 19 ނޮވެންބަރު 2025 ގައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
މި ބިލުގެ މަގުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ
އަދި ޖަނަވާރުގެ ސިއްހަތާގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީޔާއިން އިންސާނުންނަށްޖެހޭ ބަލިތަކުން ރައްކާތެރިވުމާގުޅޭ އުސޫލުތަކާއި ރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ރާއްޖެއިން ބޭރަށް ގެންދިއުމާގުޅޭ އުސޫލުތައް ކަނޑައެޅުމަކީވެސް މި ބިލުގެ މަގުސަދެކެވެ.
މި ބިލުގައި ހާއްސަ ހުއްދަ ބޭނުންވާ ޖަނަވާރުގެ ބާވަތްތަކާއި ޖަނަވާރު އެތެރެކުރުމުގެ ޝަރުތުތަކާއި މިންގަނޑުތައް ބަޔާންކުރާ ގަވާއިދުތައް ހެދުމާއި ޖަނަވާރު ކަރަންޓީނު ކުރުމާއި އިމްޕޯޓު ޑިއުޓީ ދެއްކުން ލާޒިމް ނޫން ބަވާތްތަކާއި ހާއްސަ ބޭނުންތަކަށް އެތެރެކުރާ ޖަނަވާރުތައް ހިމަނާފައިވެ އެވެ. މީގެ އިތުރުން ފަތުރުވެރިންނާ އެކު ވަގުތީގޮތުން ޖަނަވާރު އެތެރެ ކުރެވޭނެ ގަވާއިދުތައް ހެދުމަށްވެސް ހިމަނާފައިވެ އެވެ.
ބިލުގައިވާ ގޮތުން ރިޕޯޓްކުރަންޖެހޭ ބައްޔެއް ޖެހިފައިވާ ނުވަތަ އެފަދަ ބައްޔެއް އުފުލާފާނެ އެއްވެސް ޖަނަވާރެއް ނުވަތަ ޖަނަވާރުގެ ބައެއް ވިއްކުމާއި ވިއްކަން ބެހެއްޓުމާއި ޖަނަވާރުގެ މެދުގައި ފެތުރޭ, ރިޕޯޓްކުރަންޖެހޭ އެއްވެސް ބައްޔެއް ނުވަތަ އެ ބަލިޖައްސާ އަސްލު, ގަސްދުގައި ރާއްޖެއަށް ތައާރަފުކުރުން ނުވަތަ ފެތުރުން ނުވަތަ ގަސްދުގައި އެއިން ކަމަކަށް ފުރުސަތު ދިނުމަކީވެސް މަނާ ކަމެކެވެ.
އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ގާނޫނާ ހިލާފަށް ޖަނަވާރު އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން މަނާކޮށްފައިވާއިރު އެފަދަ ކަމެއް ކޮށްފި ނަމަ 500,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ގާނޫނާ ހިލާފަށް ޖަނަވާރެއް ވިއްސައި އާލާކުރާ ނަމަ އަދި ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅުމާއި ސާމްޕަލް އޮޅުވާލައިފި ނަމަ 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖަނަވާރަށް އަނިޔާއެއް ދިނުމާއި އާންމު ތަނަކަށް ދޫކޮށްލައިފި ނަމަ 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

0 Comments
Zahira Hasan
ديسمبر 3, 2025Insaanaku furaalhenmanchan enlailaifa maran dhookonlima hamaenrufiyaa joorimana nukurey bodethi musaara nagaigen fankaa jahaasakarai
Abdulla Yaamin
ديسمبر 3, 2025E dhuvas kairi vamun dhanee
Hussain Be
ديسمبر 3, 2025Magu mathiega Gina bulhaa thah Magu huras kuraairu balaeh nulaa kuvliakah Magu huras kuranie hulhumale GA ves varah fahun mudhaa baru kohgen dhiya lorry akun nujehi kiriyaa bulhaleh sala maiy vie mikan jeheynie furathama hurihaa bulhaa thakeh thila fushi ah gendhan
Mohad Ikeer
ديسمبر 3, 2025Meevaagadha ko hingaa sarukaare rayyethununa aneyaakureema emeehaku 7 dhuvas bandu dhen minivan v bulhaa aniyaa kureema 50000 RF me sadhoom ge ves hama
Mohamed Shaam
ديسمبر 3, 2025Sabaas beytaa sabaas 👏