ހިޔާ ފްލެޓުތައް ނިންމަން ހިނގި އެވްރެޖު ހަރަދަކީ 200,000 ރުފިޔާ ކަމަށް ބަލައި, ކޮންމެ ފްލެޓަކަށް އެ ފައިސާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް ހިޔާ ފްލެޓް ލިބުނު މީހުންނަށް ނަގުދު ފައިސާގެ ގޮތުގައި އެ އަދަދު ދޭންޖެހޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ ފްލެޓްތަކުގެ ކުލިން ދެ ލައްކަ ރުފިޔާ އުނިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ, ރައީސް މުއިއްޒު ވައުދުވީ ހިޔާ ފްލެޓްގެ ރައްޔިތުންނަށް ދެ ލައްކަ ރުފިޔާ ދޭން ކަމަށާއި އެ ފައިސާ ދޭނީ ބަހައިގެން ކަމަށް އޭރު ވިދާޅުނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ޖެހޭނީ ނަގުދު ފައިސާގެ ގޮތުގައި ދޭން ކަމަށް ވިދާޅުވި އެވެ.
“(ރައީސް މުއިއްޒު) ހިޔާ ފްލެޓްގެ މީހުންނަށް ދެ ލައްކަ ރުފިޔާ ދޭން ބުނި. ދެ ލައްކަ ރުފިޔާ ބަަހައިގެން ދޭ ވާހަކައެއް ނޫން ބުނީކީ. އަޅުގަނޑު މި ގޮވާލަނީ ރޯދަމަސް އައުމުގެ ކުރިން ކޭޝް ގޮތުގައި ދެ ލައްކަ ރުފިޔާ އެ މީހުންނަށް ދޭންޖެހޭނެއޭ. ދޭންޖެހޭނެ. ދެ ލައްކަ ރުފިޔާ ހަމަ ދޭންޖެހޭނީ. އޮޅުވާލައިގެން ކަންތައްތައް ކުރަން އުޅޭނެ ކަމެއް ނެތް,” އާޒިމް ވިދާޅުވި އެވެ.

0 Comments
Shareefa Manike
ديسمبر 20, 2025Aharumennakah noalhey olhigen thiulhenee fithuna verin
Mohamed Ismail
ديسمبر 20, 2025Aazim kaley moya nuguvaabala
Mohamed Ismail
ديسمبر 20, 2025Verikamaa hedhi
Natey Nutz
ديسمبر 20, 2025MDP sarukaaruga emme rf ehves dheykah nujehe, mihaaru kon 2 lakka eh
Emaan Ahmed
ديسمبر 20, 2025Munjey kiyaabala haivaanu
Moona Moony
ديسمبر 20, 2025Velikolhehves dhin baeh nama dhoa
Ahe Easabe
ديسمبر 20, 2025Vaudhu fuhdhan jeheyni ekamuh faidhaa ehvaa nama e ee fuhdhunu gothakuh fuhdhan jehey kameh noon
ހަސަން ނަފީސް
ديسمبر 20, 2025Cash koh RCC ah dhemundhanee
Ahmed Midshan
ديسمبر 20, 2025Mi keekura lhaaeh tha 🙄🙄