• Home  
  • އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
- ޚަބަރު

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް

ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑުގެ ބެންކޮކަށް ގެންގޮސްފި އެވެ. ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަނިކޮށް، އެ ކުންފުނީގައި މަސައްކަތް ކުރާ އުމުރުން 43 އަހަރުގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބުނީ 26 ނޮވެންބަރު 2025ގައެވެ. ސްޓެލްކޯ އިން ކުރިން ބުނެފައިވާ ގޮތުން އެ ހާދިސާ ހިނގިއިރު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު ފިހުނު މުވައްޒަފަށް […]

ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑުގެ ބެންކޮކަށް ގެންގޮސްފި އެވެ.

ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަނިކޮށް، އެ ކުންފުނީގައި މަސައްކަތް ކުރާ އުމުރުން 43 އަހަރުގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބުނީ 26 ނޮވެންބަރު 2025ގައެވެ.

ސްޓެލްކޯ އިން ކުރިން ބުނެފައިވާ ގޮތުން އެ ހާދިސާ ހިނގިއިރު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު ފިހުނު މުވައްޒަފަށް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސި އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް އޭނާ ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، ފިހުނު މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ދުއާއަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނުކުތުމުގެ ތައުފީގު ދެއްވުން ކަމަށްވެސް ބުނެފައިވެ އެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *