ސަފާރީއެއްގައި ރޯވެ އަނދަނީ
“ޔަސާވާ ޕްރިންސަސް” ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ އަނދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ވ. އަތޮޅު ކުދަންބަރާ ކައިރީގައި އޮތް އެ ސަފާރީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި އޭގައި ތިބީ ކިތައް މީހުން ކަމެއް ކަށަވަރެއް ނުވެއެވެ. އެ ހާދިސާގެ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ދީފައެއް ނުވެއެވެ.

