• Home  
  • އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް އިހުސާންގެ އިހުސާންތެރިކަން
- ޚަބަރު

އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް އިހުސާންގެ އިހުސާންތެރިކަން

ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދެއްވައިފިއެވެ. ފުލުހުން މިރޭ ބުނީ މާލެއިން ހުޅުމާލެއަށް ދުވާފައިދިޔަ ދެ ސައިކަލެއް ބުރިޖުމަތިން ޖެހި އެކްސިޑެންޓުވެފައިވާކަމުގެ މައުލޫމާތު މިއަދު 18:35 ހާއިރު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށާއި އަދި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިނިސްޓަރުގެ ކާރުކޮޅުގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން […]

ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދެއްވައިފިއެވެ.

ފުލުހުން މިރޭ ބުނީ މާލެއިން ހުޅުމާލެއަށް ދުވާފައިދިޔަ ދެ ސައިކަލެއް ބުރިޖުމަތިން ޖެހި އެކްސިޑެންޓުވެފައިވާކަމުގެ މައުލޫމާތު މިއަދު 18:35 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށާއި އަދި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިނިސްޓަރުގެ ކާރުކޮޅުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށާއި އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުގައި އެކަކުގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށާއި ދެ މީހުންގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް، އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *