الوسم: ޕޮލިސް

ޚަބަރު

ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ 

ތަކުރާރުކޮށް އެކި ކުށްތައް ކުރާ 1،000 މީހުންގެ ތެރެއިން އެންމެ ގިނައިން ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފްރަންޓްލައިންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް އެންމެ ގިނައިިން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ […]

ޚަބަރު

މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.

ޚަބަރު

ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން މިރޭ ބުނީ ހުޅުމާލެ ހިޔާ އަށްވަނަ ޓަވަރު އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ އެޕާޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެއިންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ތޫނު އެއްޗަކުން ހަމަލާދިނުމުގެ […]

ޚަބަރު

މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު މީހެއް 

ކަނޑުމަތީ މަރުވެފައި އޮއްވައި އިއްޔެ ފެނުނު ބިދޭސީ މީހާއަކީ ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު އިއްޔެ މެންދުރުފަހު 1:21 ހާއިރު ވަނީ ލިބިފައެވެ. މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށާއި އޭނާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ މެންދުރު […]

ޚަބަރު ކުއްލި ޙަބަރު

ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަރުވެފައިވާ އޮއްވައި ފެނިފައިވާ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. […]

ޚަބަރު

ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި 

ދަންވަރުގެ ވަގުތުތަކުގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން އިއްޔެ ފެށި ހަރަކާތުގެ ތެރެއިން ރޭ އެކަނިވެސް 23 ބިދޭސިއަކާ ސުވާލުކޮށް، އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށު ތެރޭގެ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ، ރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލުކުރަން ފުލުހުންނާއި ކަމާގުޅޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ. ފުލުހުން ބުނީ، ރޭ […]

ޚަބަރު

ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު ބަންދު 

ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށް މިރޭ 11:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކުރުމަށް ނިންމައިފިއެވެ. ފުލުހުން މިއަދު ބުނީ އެ މަރާމާތުގެ މަސައްކަތް ނިމެންދެން ބުރިޖުގެ އެ ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެ ބުރިޖުގެ އެއް ލޭނު ބަންދުކުރި ނަމަވެސް، ދެން ހިމެނޭ ލޭނުން ދެކޮޅަށް ދުއްވޭގޮތަށް ވަނީ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައެވެ. ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކުރަނީ […]

ޚަބަރު

ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި 

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފިއެވެ. ޕީޖީ އޮފީހުން މިރޭ ބުނީ 11 މީހަކަށް ދައުވާކުރުމަށް މިމަހުގެ ތިންވަނަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ދިހަ މީހަކަށް ދައުވާކުރުމަށް މިއަދު […]

ޚަބަރު

މައުރޫފަށް އަނިޔާނުކުރާ ކަމަށްބުނެ، ބަންދުން ދޫކޮށްލައިފި

ބޮޑުކަންނެލި މަސްވެރިން ކަނޑުމަތީގައި ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރަށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ފުލުހުން އޭނާ ބަންދުން ދޫކޮށްލައިފިއެވެ. ބޮޑުކަންނެލި މަސްވެރިން ކަނޑުމަތީގައި ކުރި އިހުތިޖާޖާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި މައުރޫފް ހުންނެވީ ފަސް ދުވަހުގެ ބަންދެއްގައެވެ. އެ ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ. […]

ޚަބަރު

އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން 

ބޮޑުކަންނެލި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖުގައި ބައިވެރިވި މަސް ދޯނިތަކުގެ މަސްވެރިން، އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި، 49 ދޯންޏެއްގެ މަސްވެރިން އިހުތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފައެވެ. އެ އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން ތިން ދޯންޏެއް ފުލުހުންގެ […]