ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް ނޫން: ނަހުލާ
ވީދާލާފައިވަނީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނަހުލާ ވިދާޅުވެފައިވަނީ ވިލިމާލޭގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށްޓަކައި އެ މަސައްކަތް ހަވާލުކޮށްފައިވާ މެރީ ޖޫގޯއާ ބިން ހަވާލުކުރުމަށް ފިންގާޕްރިންޓް ޖަހާފައިވަނީ ލިޔުމުގައި ހަ މަސް ކުރީގެ ތާރީހެއް ޖަހައިގެން ކަމަށެވެ. ރަސްމީ ދެ ލިޔުމެއް ނަހުލާ ވީދާލި ކަމަށް ވިދާޅުވެ، މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވީ އިރާލާފައިވާނީ މެރީ ޖޫގޯގެ […]


