الوسم: ޕޮލިސް

ޚަބަރު

ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި 11 މީހަކަށް ދައުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި މިމަހުގެ ތިންވަނަ ދުވަހު ދިވެހި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް […]

ޚަބަރު

ސިނގިރޭޓު ވައްކަން: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ ވެރިޔާ ދިގަލި ބަންދުން ދޫކޮށްލައިފި 

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުން ދޫކޮށްލައިފިއެވެ. އެ މައްސަލައިގައި 11 މީހަކު ހައްޔަރުކޮށްފައިވާ އިރު، ދެ ވިޔަފާރިވެރިން ކަމަށްވާ ދިގަލި އާއި އާއްޓޭއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ދެ މީހެކެވެ. […]

ޚަބަރު

ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް 

އައްޑޫ ހައި ސްކޫލުގެ ކުލާހެއްގެ ތެރޭގައި ދަރިވަރަކަށް ހަމަލާދިން ބިދޭސީ ޓީޗަރަކު ސަސްޕެންޑުކޮށް، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ. އެ ކުއްޖާއާ ދެމެދު ހަމަނުޖެހުމެއް ހިނގައި، ޓީޗަރު ހަމަލާދިން ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެއީ އައްޑޫ ހައި ސްކޫލުގެ ގްރޭޑު 12 ގެ ކުލާހެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެކެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ދަރިވަރު ވެސް ޓީޗަރަށް ފައިންނާއި އަތުން ހަމަލާދޭން މަސައްކަތްކުރާ އިރު، ޓީޗަރު ވަނީ ކުއްޖާގެ ކަރުގައި […]

ޚަބަރު

64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި 

އުމުރުން 64 އަހަރުގެ މީހަކަށް 32 އަހަރުގެ ލޯބިވެރިޔާ ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށާއި އެ ދެ މީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު […]

ޚަބަރު

ވިލިމާލެ ޕޮލިހުން ސިނގިރޭޓު ކާޓޫންތައް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި 

ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި ހުރި ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލައަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައަކާއި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައެކެވެ. ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށައިފައެވެ. އެ މައްސަލައިގައި […]

ޚަބަރު

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، އަލީ މަނިކު (43އ) ކަމަށާއި އޭނާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައި […]

ޚަބަރު

އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް 

“އޮޕަރޭޝަން އަލިމަގު”ގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އަދަދު 10 އަށް އަރައިފިއެވެ. ފުލުހުން މިރޭ ބުނީ އައްޑޫގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން ދިހަ ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ވަނީ ބަންދުގެ މުއްދަތު […]

ޚަބަރު

މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ ޑްރަގު ނަގައިފި

ހުޅުމާލޭ ގެސްޓްހައުސްއެއް ތެރޭ މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ ޑްރަގު ނަގައިފިއެވެ. ފުލުހުން މިރޭ ބުނީ މިދިޔަ އާދީއްތަ  ދުވަހުގެ 12:57 ހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށާއި އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް […]

ޚަބަރު

އިހުސާން، ޔާމީނަށް: “ސިޓިންރޫމް ފްރަންޓް އޮފީސް”ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ! 

“ސިޓިންރޫމްގައި ފްރަންޓް އޮފީސް” ހިންގަވަމުން ފުލުހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ވެރިކަމުގައި ހުންނަވައިގެން މަސައްކަތްކުރެއްވި ނަމަ، އޮންނާނީ ރައްޔިތުން އިތުބާރުކުރާ ފުލުހުންގެ މުއައްސަސާއެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރައްދުދެއްވައިފިއެވެ. އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު އަނބުރާ […]

ޚަބަރު

އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ 

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކުން ހައްޔަރުކުރި އިސް ފަރާތްތަކުގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށްގެންދާ “އޮޕަރޭޝަން އަލިމަގު”ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށެވެ. އައްޑޫގައި ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ […]