ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
ތަކުރާރުކޮށް އެކި ކުށްތައް ކުރާ 1،000 މީހުންގެ ތެރެއިން އެންމެ ގިނައިން ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފްރަންޓްލައިންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް އެންމެ ގިނައިިން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ […]



