• Home  
  • ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި 
- ޚަބަރު

ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި 

ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ. ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލުކޮށްދެއްވީ އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ. ތޫފާން “ޑިޓްވާ” އާ ގުޅިގެން ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ވެސް ނިންމައިފައެވެ. […]

ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ.

ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލުކޮށްދެއްވީ އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

ތޫފާން “ޑިޓްވާ” އާ ގުޅިގެން ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ވެސް ނިންމައިފައެވެ.

އޭގެ އިތުރުން ދިވެހީންގެ ފަރާތުން ދޭ އެހީވުމުގެ ގޮތުން، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަނީ ޓެލެތޯނެއް ވެސް ކުރިއަށްގެންގޮސްފައެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން އިއްޔެ މެންދުރު 2 ޖެހުމާ ހަމައަށް، 29 ގަޑިއިރަށް ކުރިއަށްގެންދިޔަ އެ ޓެލެތޯނަށް ޖުމުލަ 12،341،466.62 (12.3 މިލިއަން) ރުފިޔާ ވަނީ ލިބިފައެވެ. އެއީ 800،352 އެމެރިކާ ޑޮލަރެވެ.

ޕީއެސްއެމް އިން މިއަދު ވަނީ ލަންކާއަށް އެ އަށް ލައްކަ ޑޮލަރު ފޮނުވުމަށްޓަކައި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *