الوسم: ސްރީ ލަންކާ

ޚަބަރު

ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި 

ތޫފާން “ޑިޓްވާ” އާ ގުޅިގެން ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެހީވުމަށްޓަކައި ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ ޓެލެތޯނުން އެއްކުރި އަށް ލައްކަ ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ލަންކާ ސަރުކާރާ އެ ފައިސާ ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ އެ ޓެލެތޯނުން ވަނީ 834،843.98 ޑޮލަރު ހޯދައިފައެވެ. އޭގެ އިތުރުން ދިވެހި ސަރުކާރުގެ […]

ޚަބަރު

ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި 

ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ. ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލުކޮށްދެއްވީ އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ. ތޫފާން “ޑިޓްވާ” އާ ގުޅިގެން ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ވެސް ނިންމައިފައެވެ. […]

ޚަބަރު

“ސިލޯނާއެކު ދިވެހިން”: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!

“ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޕީއެސްއެމް އިން ބުނެފި އެވެ. ލަންކާއަށް އެރި ތޫފާންގެ ސަބަބުން ކުރިމަތިވި ކާރިސާއާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ފެށި “ސިލޯނާއެކު ދިވެހީން” ޓެލެތޯނަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ދިވެހި މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް، 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި […]

ޚަބަރު

“ސިލޯނާއެކު ދިވެހިން” ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ

ތޫފާން “ޑިޓްވާ” އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް އެހީގެ ގޮތުގައި އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯންގެ ފަންޑަށް އެސްޓީއޯ ގްރޫޕުގެ ފަރާތުން ފޯރުކޮށްދޭ 250،000 ރުފިޔާގެ އެހީ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެ ފައިސާގެ އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި […]

ޚަބަރު

“ސިލޯނާއެކު ދިވެހިން” ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ

ތޫފާން “ޑިޓްވާ” އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް އެހީގެ ގޮތުގައި ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯންގެ ފަންޑަށް ސްޓެލްކޯގެ ފަރާތުން 250،000 ރުފިޔާ ހަދިޔާކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ޝަރީފެވެ. ސްޓެލްކޯއިން ބުނީ އެ ފައިސާގެ އެހީތެރިކަމަކީ ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނީގެ މެނޭޖްމަންޓާއި […]