• Home  
  • މަޖިލީހަށް ނަން ފޮނުވިތާ 9 ދުވަސް ތެރޭ މަހުލޫފު ޖަޕާނު ސަފީރަކަށް
- ޚަބަރު

މަޖިލީހަށް ނަން ފޮނުވިތާ 9 ދުވަސް ތެރޭ މަހުލޫފު ޖަޕާނު ސަފީރަކަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަހުމަދު މަހުލޫފް މިއަދު އައްޔަންކުރައްވައިފި އެވެ މަހުލޫފު ސަފީރު ކަމަށް އައްޔަން ކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މަހުލޫފު އެ މަގާމަށް އައްޔަންކުރަން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. މަހުލޫފަށް މަޖިލީހުން ރުހުން ދިނީ އިއްޔެއެވެ. އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން މަހުލޫފް […]

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަހުމަދު މަހުލޫފް މިއަދު އައްޔަންކުރައްވައިފި އެވެ

މަހުލޫފު ސަފީރު ކަމަށް އައްޔަން ކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މަހުލޫފު އެ މަގާމަށް އައްޔަންކުރަން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. މަހުލޫފަށް މަޖިލީހުން ރުހުން ދިނީ އިއްޔެއެވެ.

އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން މަހުލޫފް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *