• Home  
  • އައްޑޫގައި ހިންގާ ޑްރަގް ނެޓްވޯކެއްގެ ބޮޑަކު ހައްޔަރުކޮށްފި، ފާރަލަމުންދާތާ 9 މަސް!
- ޚަބަރު

އައްޑޫގައި ހިންގާ ޑްރަގް ނެޓްވޯކެއްގެ ބޮޑަކު ހައްޔަރުކޮށްފި، ފާރަލަމުންދާތާ 9 މަސް!

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރި ކުރަމުންދާ ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ، ޑުރަގާ ދެކޮޅަށް ފަށާފައިވާ “އޮޕަރޭޝަން އަލިމަގު” ގެ ތެރެއިން ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މީހާގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ “މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާޗް މަހުން […]

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރި ކުރަމުންދާ ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ، ޑުރަގާ ދެކޮޅަށް ފަށާފައިވާ “އޮޕަރޭޝަން އަލިމަގު” ގެ ތެރެއިން ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މީހާގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ

“މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާޗް މަހުން ފެށިގެން،” ފުލުހުން ބުންޏެވެ.

އެ އިދާރާ އިން ބުނީ، އެ ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން ޑުރަގުގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާއިރު، ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ.=

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *