އައްޑޫ ހައި ސްކޫލުގެ ކުލާހެއްގެ ތެރޭގައި ދަރިވަރަކަށް ހަމަލާދިން ބިދޭސީ ޓީޗަރަކު ސަސްޕެންޑުކޮށް، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެ ކުއްޖާއާ ދެމެދު ހަމަނުޖެހުމެއް ހިނގައި، ޓީޗަރު ހަމަލާދިން ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެއީ އައްޑޫ ހައި ސްކޫލުގެ ގްރޭޑު 12 ގެ ކުލާހެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެކެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ދަރިވަރު ވެސް ޓީޗަރަށް ފައިންނާއި އަތުން ހަމަލާދޭން މަސައްކަތްކުރާ އިރު، ޓީޗަރު ވަނީ ކުއްޖާގެ ކަރުގައި ހިފައި ހަމަލާދީފައެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ބިދޭސީ ޓީޗަރު ސަސްޕެންޑުކޮށް، އެ ޓީޗަރުގެ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ. އެ މައްސަލަ މިނިސްޓްރީން ވެސް ދަނީ އިތުރަށް ބަލަމުންނެވެ.
