ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށް މިރޭ 11:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކުރުމަށް ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މަރާމާތުގެ މަސައްކަތް ނިމެންދެން ބުރިޖުގެ އެ ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ބުރިޖުގެ އެއް ލޭނު ބަންދުކުރި ނަމަވެސް، ދެން ހިމެނޭ ލޭނުން ދެކޮޅަށް ދުއްވޭގޮތަށް ވަނީ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައެވެ. ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކުރަނީ ކޮން ކަހަލަ މަރާމާތެއް ކުރުމަށް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ސިނަމާލެ ބުރިޖު ބޭނުންކުރަން ފެށީއްސުރެ، އެ ބުރިޖުގެ މެއިންޓެނެންސް ބަލަހައްޓަމުންދަނީ އެ ބުރިޖު ތަރައްގީކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ.
