“ވާނުވާ” ބަންދުގައި މިވަގުތު ތިބީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުން ކަމަށާއި އެމީހުން ބަންދުން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ، މާފަންނު ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ހިއްސާކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.
އޭނާގެ ވާހަކައިގައި ބުނީ ވާނުވާ ބަންދުގެ މައްސަލަ ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް، އެ މަނިކުފާނު އެ ވައުދު ފުއްދަވާފައިނުވާ ކަމަށެވެ. އަދި ވާނުވާ ބަންދު އުވާލުމަކީ ރައީސަށް ފަސް މިނެޓު ތެރޭގައި ކޮށްލެވޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ ޝަރީއަތް ނިމެންދެން މިވަގުތު ބަންދުގައި ތިބީ 347 މީހުން ކަމަށާއި އެމީހުން ބަންދުގައި ތިބީ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ޓްރެފިކިންގެ މައްސަލަތައް އަދި މަނީލޯންޑަރިން އާއި ވައްކަމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުމާއި ކިޑްނެޕް ކުރުމާއި ޑޮމެސްޓިކް ވަޔަލަންސްގެ މައްސަލަތަކުގައި ކަމަށެވެ.
“މީގެ ތެރޭގައި މަރުގެ މައްސަލަ، މީހުން މަރާފައި ހުރި ކަމުގެ ތުހުމަތުގައި 29 މީހުން އެބަތިބި ބަންދުކޮށްފައި. ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހުން ބަންދުކޮށްފައި އެބަތިބި. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި 117 މީހުން އެބަތިބި. މާރާމާރީ ހިންގުމުގެ މައްސަލައިގައި 70 މީހަކު އެބަތިބި. ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި 16 މީހުން ބަންދުގައި އެބަތިބި،” އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު، ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ އިމާރާތް ހުރީ ވީރާނާވެފައި ކަމަށާއި އެހެންކަމުން އެ ދެ ކޯޓަށް މިހާރު އިމާރާތެއް ހަމަޖެއްސުމާއެކު ޝަރީއަތްތައް ވެސް އަވަސްވެގެން ގޮސްފައިވާ ކަމަށެވެ.
ފަސް މިނެޓުން ވިިޔަސް އަދި އެންމެ ސިކުންތަކުން ދޫކޮށްލެވުނެއޭ ވިދާޅުވިޔަސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ހިންގާފައިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހެއް، މާރާމާރީ ނޫނީ މަރުގެ މައްސަލައެއްގައި ހިމެނޭ މީހެއް، ޑްރަގު ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރުމަކީ އެ މަނިކުފާނު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެކަމެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0 Comments
Mariie Mohamed
ديسمبر 5, 2025Ehen vihyaa e meehun ehen nubaithihbaa hahgu adhabu nudhevenee keehve tho?
ابراهيم عمران
ديسمبر 5, 2025Innocent until proven guilty , olhuvaanulaa kazzaabu! Kuh saabithu vaanama lasnukoh hukum kurey!
Mariyam Rasheedha
ديسمبر 5, 2025Thiivaru neyngi hure tha vaanuvaa uvaalaanamey bune olhuvaalaa dhogaa makaru hedhee .😡verikamaa elhi heybali viyas boduvaru thee…
Keeh ve tha ihakah dhuvahu Inaayathu kiyaa anhenaku thi dhookohlee vaanuvaa nujahaa. kuri kuh kudaeetha???
Dr Mohamed Muizzu
އަޙުމަދު ޢާދިލް
ديسمبر 5, 2025Lha dharinthakakah aaailaaa thakakah. Anbinthakakah kihaaavarehge umeedhehtho dhehveee visnaaalehvumeh nethi? Kuhverinah hahggu adhabu dheyn v. Amihlla ah hadhaaafa oi gaaanoonahves amalu nukurevey mi gaumuga.
Ali Shahid
ديسمبر 5, 2025shareeaiy nuhingaa hukumeh nukoh evves meehaku bandhuga behettumakee kan’da elhigen hingaa laa insaanee boduvegenvaa jareemaa eh.
Husen De Thola
ديسمبر 5, 2025Ash Rough
Gb Arth
ديسمبر 5, 2025Verikan hoadan ulhu iru manikufaa nakah taneh doreh neygeythoa.