• Home  
  • “އެލައިޑް ފެސްޓް” ސީރީޒްގެ މާލޭ އެޑިޝަން މިއަދާއި މާދަމާ އާޓިފިޝަލް ބީޗްގައި 
- ޚަބަރު - ވިޔަފާރި

“އެލައިޑް ފެސްޓް” ސީރީޒްގެ މާލޭ އެޑިޝަން މިއަދާއި މާދަމާ އާޓިފިޝަލް ބީޗްގައި 

އެލައިޑް އިންޝުއަރަންސް ކުންފުނީގެ “އެލައިޑް ފެސްޓް” ސީރީޒްގެ މާލޭ އެޑިޝަން މިއަދާއި މާދަމާ ކުރިއަށްގެންދަން ނިންމައިފިއެވެ. “އެލައިޑް ފެސްޓް” ސީރީޒަކީ މުޖުތަމައުއާއެކު ގުޅުން ބަދަހިކޮށް، އެލައިޑުގެ ޕްރޮޑަކްޓުތަކުގެ މައުލޫމާތާއި އާއިލާތަކާއި ކުޑަކުދިންނަށް ފައިނޭންޝަލް ޕްލޭނިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި އެކި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ތަޖުރިބާތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެލައިޑް ފެސްޓުގެ ސީރީޒް މިއަހަރު އައްޑޫ އާއި ފުވައްމުލަކުގައި އަދި ކުޅުދުއްފުށި ސިޓީގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެލައިޑުން ބުނީ އެލައިޑް […]

އެލައިޑް އިންޝުއަރަންސް ކުންފުނީގެ “އެލައިޑް ފެސްޓް” ސީރީޒްގެ މާލޭ އެޑިޝަން މިއަދާއި މާދަމާ ކުރިއަށްގެންދަން ނިންމައިފިއެވެ.

“އެލައިޑް ފެސްޓް” ސީރީޒަކީ މުޖުތަމައުއާއެކު ގުޅުން ބަދަހިކޮށް، އެލައިޑުގެ ޕްރޮޑަކްޓުތަކުގެ މައުލޫމާތާއި އާއިލާތަކާއި ކުޑަކުދިންނަށް ފައިނޭންޝަލް ޕްލޭނިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި އެކި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ތަޖުރިބާތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެލައިޑް ފެސްޓުގެ ސީރީޒް މިއަހަރު އައްޑޫ އާއި ފުވައްމުލަކުގައި އަދި ކުޅުދުއްފުށި ސިޓީގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެލައިޑުން ބުނީ އެލައިޑް ފެސްޓުގެ މާލޭ އެޑިޝަން މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އަށް އާޓިފިޝަލް ބީޗުގައި ކުރިއަށްދާނެ ކަމަށާއި ދެ ދުވަހަށް ހަރަކާތް ކުރިއަށްގެންދަން ނިންމީ މިއަހަރު ފާހަގަކުރާ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށެވެ.

އެލައިޑް ފެސްޓުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ގޭމްތަކާއި ކްރިއޭޓިވް ހަރަކާތްތަކަށް ހާއްސަ ޒޯނަކާއި އެލައިޑްގެ ޕްރޮޑަކްޓްކާއި ބެހޭ މައުލޫމާތު ހިމެނޭ ބޫތެއް ހުންނާނެއެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ހަދިޔާދިނުމާއި ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެލައިޑުން ބުނީ މުޖުތަމައުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފަދަ ހަރަކާތްތަކާއެކު އެ ކުންފުނީގެ ބައިވެރިވުން ވަރުގަދަކުރެވޭ ކަމަށެވެ. އަދި އާއިލާތައް އެއްތަނަކަށް ގެނެސް، ތަފާތު ހަރަކާތްތަކާއެކު މަޖާ މާހައުލެއްގައި ގުޅުން ބަދަހިކުރުމާއި ފައިނޭންޝަލް ޕްލޭނިންގެ ތަޖުރިބާ ހޯދައިދިނުމަށް މަގުފަހިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *