• Home  
  • އެއް ކޮޓަރީ ފުލެޓު މައްސަލައިގައި ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
- ޚަބަރު

އެއް ކޮޓަރީ ފުލެޓު މައްސަލައިގައި ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

އެއް ކޮޓަރީގެ ފުލެޓުތައް ދޫކޮށްލުމުން އެހެން ހައުސިން މަޝްރޫއަކުން ފުރުސަތު ލިބޭގޮތަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާފަންނު ރައްޔިތުންނާއެކު ރައީސް ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން ވަނީ އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އެހެން ހައުސިން މަޝްރޫއުތަކުން ފުރުސަތު ނުލިބޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން ބޮޑެތި އާއިލާތައް ވެސް އުޅެން މަޖުބޫރުވެފައިވަނީ އެ އެއް ކޮޓަރީގެ ފުލެޓުތަކުގައި ކަމަށް ބުންޏެވެ. އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއް ކޮޓަރީގެ […]

އެއް ކޮޓަރީގެ ފުލެޓުތައް ދޫކޮށްލުމުން އެހެން ހައުސިން މަޝްރޫއަކުން ފުރުސަތު ލިބޭގޮތަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ރައްޔިތުންނާއެކު ރައީސް ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން ވަނީ އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އެހެން ހައުސިން މަޝްރޫއުތަކުން ފުރުސަތު ނުލިބޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން ބޮޑެތި އާއިލާތައް ވެސް އުޅެން މަޖުބޫރުވެފައިވަނީ އެ އެއް ކޮޓަރީގެ ފުލެޓުތަކުގައި ކަމަށް ބުންޏެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އިތުރު ހައުސިން ސްކީމެއް ނުލިބޭ މައްސަލައިގައި ސީރިއަސްކޮށް ވިސްނަވާފައިވާ ގޮތެއް ހަމަޖަައްސަވާނެ ކަމަށެވެ.

ސަރުކާރު ތެރެއިން ޕޮޒިޓިވް ހައްލެއް ގެނައުމަށް މިހާރު ބަލަމުން އަންނަ ކަމަށާއި އެކަން ބެލުމަށްފަހު ގޮތެއް ނިންމުމަށްފަހު ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ. އަދި އެކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި މީހުން އާބާދުކުރުމަށް ފުރަތަމަ އެޅި ފުލެޓުތަކުގެ ތެރެއިން އެއް ކޮޓަރީގެ ފުލެޓު ލިބުނު ބައެއް މީހުންނަށް ހިޔާ މަޝްރޫއިން ވަނީ ފުލެޓު ލިބިފައެވެ. ނަމަވެސް އެމީހުން އެ އެއް ކޮޓަރީގެ ފުލެޓުތައް ދޫކޮށްލައިފައެއް ނުވެއެވެ.

0 Comments

  1. Ibrahim Shiyam

    ديسمبر 5, 2025

    ކޮން ރަނގަޅު ހައްލެއް ތޯ ހޯދަ ދެވޭނީ ވެރި ކަމަށް 2 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައިތުލްމާލުން ބޮޑު ހޭދައެއް ކޮށް ޖަލްސާ އެއް ބޭއް ވުނީމަ އެއީ ހައްލު ހޯދުނީތޯ މިހާތަނަށް އެއްވެސް ތާކު ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބިންގާ ގަނޑެއް ވެސް އެޅިފަ ވޭތޯ ބޮޑު ގެރި ބޭރަށް ހިންގާހެން ރެޔަކު ދެފަހަރު ރައްޔިތުން ނާ ބައްދަލުކޮށް ޝަކުވާ އަޑު އެހާ ދޮގު ތަކެއް ހެދިޔަސް އަމަލުން ދެއްކުނީ ކޮން ކަމެއްތޯ

  2. Mau Mittey

    ديسمبر 5, 2025

    1 kotareege flat is useless.. baivaru laari dhakkaafa dharin libuneema anekkaaves mi jeheny 2 kotari hoadhan thelhen… 1 kotareege flat is a big scam.

  3. އަޙުމަދު ޢާދިލް

    ديسمبر 5, 2025

    Hus nakass… holhi vaaahaka

اترك رداً على Mau Mittey إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *