• Home  
  • ބޭހާ ގުޅޭ ކުންފުނީގެ ޗެއާމަނަކަށް ހަލީމް
- ޚަބަރު

ބޭހާ ގުޅޭ ކުންފުނީގެ ޗެއާމަނަކަށް ހަލީމް

“ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު އައްޔަންކުރައްވައިފިއެވެ. “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” އަކީ ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަލީމް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދެވެ. “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި […]

“ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު އައްޔަންކުރައްވައިފިއެވެ.

“ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” އަކީ ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަލީމް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދެވެ.

“ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު 9 ގައެވެ.

ސަރުކާރުން އެ ކުންފުނި އުފައްދާފައިވަނީ، އާސަންދައިން ބޭހަށް ކުރާ ހަރަދު އިންތިހާއަށް މައްޗަށް ގޮސްފައިވަނިކޮށެވެ. އެގޮތުން ޕްރައިވެޓް ބައެއް ބޭސްފިހާރަތަކުން އާސަންދައަށް ބޮޑެތި އަގުތަކެއްގައި ބިލުކުރާ ކަމުގެ މައްސަލަ ވެސް ބޮޑުވެގެންދިޔައެވެ.

0 Comments

  1. Gandhakoalhi Shujau

    ديسمبر 9, 2025

    Muhinmee maqaamu thakah meehun ayyanu kurumei noon . raiyethunah beys libumugai huridhathi thah filuvai dhehvun. aslugaves beys libumugai ufulanjehey thakuleef v v boduvefavanee.raiyethunaai gulhun huri mifadha muhinkamei hallunuve mihaaruves maaginadhuvas mi vanee vefa

اترك رداً على Gandhakoalhi Shujau إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *