ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކާ ގުޅިގެން ރާއްޖެ އިން ބޭރުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ އެވެ.
ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަހުމަދު އަޒުމީލު، 42އ. ނިޔާވީ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް, ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ފިހި, ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.
އޭނާ ފަރުވާއަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އަޒްމީލު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އޭނާ ނިޔާވީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
އޭނާގެ ހަށިގަނޑު ރާއްޖެ އަށް ގެނައީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އަޒްމީލްގެ ޖަނާޒާ ބާއްވަނީ ހުޅުމާލެ ސަހަރާގަ އެވެ. ކަށުނަމާދު ކުރަނީ މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ.
އަޒްމީލް ނިޔާވިއިރު އަންބަކާއި ދެ ކުދިން ދުނިޔޭގައި ތިބި އިރު، އަނބިމީހާ މިހާރު އިނީ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ.
