• Home  
  • ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
- ޚަބަރު

ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ 25،000 ރުފިޔާގެ ޑައުންޕޭމަންޓަށް ލުޔެއް ދިނުމަށާއި، ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަށް ލުޔެއް ދިނުމާ މެދު ވިސްނަވައި، ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެހެން ވިދާޅުވެފައިވަނީ، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުއްޔަށް ލުޔެއް ހޯދައިދިނުމަށް މީހަކު އެދުމާ ގުޅިގެންނެވެ. ރައީސް ވިދާޅުވީ ދިރާސީ އާ އަހަރު ފެށެންވާއިރަށް، މިމަހުގެ ތެރޭގައި ފުލެޓުތަކަށް […]

ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ 25،000 ރުފިޔާގެ ޑައުންޕޭމަންޓަށް ލުޔެއް ދިނުމަށާއި، ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަށް ލުޔެއް ދިނުމާ މެދު ވިސްނަވައި، ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުއްޔަށް ލުޔެއް ހޯދައިދިނުމަށް މީހަކު އެދުމާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ ދިރާސީ އާ އަހަރު ފެށެންވާއިރަށް، މިމަހުގެ ތެރޭގައި ފުލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ. އަދި 25،000 ރުފިޔާގެ ޑައުންޕޭމަންޓަށް ލުޔެއް ދިނުމަށާއި، ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަށް ލުޔެއް ދިނުމަށް ވެސް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޕޮއިންޓު ބަދަލުކޮށްގެން ބައެއް މީހުންނަށް ފުލެޓު ދީފައިވާ ކަމަށް ބައްދަލުވުމުގެ ބައިވެރިޔަކު ތުހުމަތުކުރުމާ ގުޅިގެން ރައީސް ވިދާޅުވީ އެ ވާހަކައަކީ ހިތްހަމަނުޖެހުމެއްގެ ތެރެއިން ބުނެވުނު ވާހަކައެއް ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އެގޮތަށް ޕޮއިންޓު ބަދަލުކޮށްގެން ފުލެޓު ދީފައިނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ފުލެޓުދީފައިވާނީ މިދިޔަ ސަރުކާރުން ދޭން ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތަށް ކަމަށާއި އެ މަނިކުފާނު ވެވަޑައިގެންނެވި އެ ވައުދުފުޅާ އެއްގޮތަށް އެކަންކަން ކުރިއަށްގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *