• Home  
  • ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10 ޕަސެންޓް!
- ޚަބަރު

ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10 ޕަސެންޓް!

މި އަހަރަށް ފާސްކުރި ބަޖެޓުގައި ބޯހިޔާވަހިކަމަށް ބަޖެޓު ކުރި އަދަދުގެ ތެރެއިން ހަރަދު ކުރެވުނީ އެންމެ 10 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ދައުލަތުގެ ބަޖެޓު ހަރަދުކުރަމުން އަންނަ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު އާންމުކޮށްފަ އެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ހަރަދުގެ ތަފުސީލު ހިމެނޭ ރިޕޯޓެވެ. މާލީ ހިސާބުތައް ދައްކާ ގޮތުން ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 […]

މި އަހަރަށް ފާސްކުރި ބަޖެޓުގައި ބޯހިޔާވަހިކަމަށް ބަޖެޓު ކުރި އަދަދުގެ ތެރެއިން ހަރަދު ކުރެވުނީ އެންމެ 10 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ދައުލަތުގެ ބަޖެޓު ހަރަދުކުރަމުން އަންނަ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު އާންމުކޮށްފަ އެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ހަރަދުގެ ތަފުސީލު ހިމެނޭ ރިޕޯޓެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން ހަރަދުކުރީ އެންމެ 186.4 މިލިއަން ރުފިޔާ އެވެ. އެއީ ބަޖެޓު ކުރި އަދަދުގެ އެންމެ 10 ޕަސެންޓެވެ.

މިދިޔަ އަހަރުގެ މިހާތަނަށް ބޯހިޔާވަހިކަމަށް 747.5 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

0 Comments

  1. Ibrahim Mohamed Didi

    ديسمبر 17, 2025

    KAZZAB

اترك رداً على Ibrahim Mohamed Didi إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *