• Home  
  • މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ 
- ޚަބަރު

މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ 

މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް”ގެ ނަމުގައި ޒުވާނުންނާއެކު ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ ރޭސިން ޓްރެކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލެ އާއި އައްޑޫ ސިޓީގައި އަޅާ ރޭސިން ޓްރެކެއް ކަމަށެވެ. މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އެންމެ ފީސިބަލް ތަނަކީ މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގެ […]

މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް”ގެ ނަމުގައި ޒުވާނުންނާއެކު ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ ރޭސިން ޓްރެކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލެ އާއި އައްޑޫ ސިޓީގައި އަޅާ ރޭސިން ޓްރެކެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އެންމެ ފީސިބަލް ތަނަކީ މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމުކުރުން ކަމަށާއި އެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހުން އުޅޭ ތަނެއްގައި ރޭސިން ޓްރެކް އަޅައިފިއްޔާ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި މީގެ ކުރިން ހުޅުމާލޭގައި ރޭސިންއަށް ފުރުސަތުދިން އިރު، އެކި ކަހަލަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށެވެ.

މީހުން ނޫޅޭ ސަރަހައްދެއްގައި، އެހެންނަމަވެސް މާލެއާ އެއްފަސްކޮށް ބުރިޖަކުން ގުޅިފައި އޮންނަ ހިސާބެއްގައި ޓްރެކް އަޅަން ބަލާ އިރުގައި ހެދެން އޮތް އެންމެ ރަނގަޅު ތަނެއް ކަމަށް ޓެކްނިކަލް ލަފާ އޮތް ލޮކޭޝަނަކީ މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ރޭސިން ޓްރެކް އަޅަން ނިންމާފައިވަނީ ބޭރުގެ އެހީއާއެކު ކަމަށާއި އެކަމަށް ފައިސާ ހޯދުމަށް މިހާރު އެދި، އެކަން ހަމަޖެހުމުން އެ ރޭސިން ޓްރެކްގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ރޭސިންއަށް ހާއްސަ ޓްރެކު އެޅުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

0 Comments

  1. Uchrm Jfr

    ديسمبر 24, 2025

    Muiz ves miulheni race jehumuga

  2. Sultan Ameeru Sultan Ameeru

    ديسمبر 24, 2025

    Mee rangalhu kameh noon

اترك رداً على Uchrm Jfr إلغاء الرد

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *