الوسم: ހއ. ހޯރަފުށި

ޚަބަރު

ހޯރަފުށީ ކައުންސިލުގެ ރައީސް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި

މުސާރަ އާއި އިނާޔާތްތައް ނުލިބޭގޮތަށް ތިން މަސް ދުވަހަށް ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑުކޮށްފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑުކޮށްފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބެލުމަށްފަހުއެވެ. އެލްޖީއޭ އިން ބުނީ ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީން، ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ […]