الوسم: ހައިކޯޓު

ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް، ރިޓަޔާކުރައްވައިފިއެވެ. ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ މުއްދަތަކަށް މަސައްކަތްކުރެއްވި ނިޔާޒް، ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުއެވެ. އަދި މިއަދު ވަނީ އޭނާ ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފައެވެ. ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ނިޔާޒް އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީގައެވެ. ނިޔާޒް ވަނީ 2022 ވަނަ އަހަރުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އޭގެ […]

ޚަބަރު

ފީފާގެ ހުއްދައާ ނުލައި މައްސަލަ ބަލާ ކަމަށްބުނެ ބައްސާމް ހައިކޯޓަށް

ފީފާގެ ހުއްދަނެތިވެސް އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ބެލޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އެފްއޭއެމަށް ފީފާއިން ދޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އާއި ހިޔާނާތްތެރިވުމުގެ ދައުވާއެވެ. ބައްސާމްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، އޭނާ މިހާރު ދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް […]