الوسم: ހުޅުމާލެ

ޚަބަރު

ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ 

ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަދިނުމުގައި ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމެނޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ގޮތަށް ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ގޯތިތައް އިމާރާތްކުރެވޭ އުސްމިން ދިހަ ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަދިނުމުގައި ހިމެނޭ ޝަރުތުތަކުގެ ތެރޭގައި […]

ޚަބަރު

ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް 

ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ހުޅުމާލޭ ފޭސް އެކަކުން ގޯތި ލިބުނު ފަރާތްތަކުން ދައްކަންޖެހޭ އަގުގެ ދިހަ ޕަސަންޓު ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސްކީމުތަކުން ހުޅުމާލޭ ފޭސް އެކެއްގެ ބިންތައް ދޫކޮށްފައިވަނީ ފައިސާ ދައްކައިގެން ބިންތައް މިލްކުވާގޮތަށް ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް އެއްވެސް ލުޔެއް ލިބިފައިނުވާ ކަމަށެވެ. ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް ސްކީމުން […]

ޚަބަރު

ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ އެކެއްގެ ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ. ރައީސް، ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާއެކު ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ފޭސް އެކެއްގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށާއި އެ […]

ޚަބަރު

ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް

ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް އެޗްޑީސީން ވެސް އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އެއް ލޯންޗުކޮށްފި އެވެ. އެ ހިދުމަތް ލޯންޗުކުރުމަށް “ސޭފާ ހުޅުމާލެ”ގެ ނަމުގައި ރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔަތުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނިފޯމާއި ލޯގާ ވަނީ ތައާރަފުކޮށްފަ އެވެ. އެޗްޑީސީން ބުނީ، މި […]

ޚަބަރު

ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި

މާލޭ ސަރަހައްދަށް ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ. ޕާކިން އަށް ކަނޑައެޅި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ 1964 ވެހިކަލް ޕާކު ކުރެވޭނެ އެވެ. އެގޮތުން: މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ ވިނަރެސް ސަރަހައްދު: 362 ޖާގަ އެޗްޑީސީން ބުނީ، ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު […]

ޚަބަރު

ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން ނުކުމެއްޖެ

ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯކުރަން ފަށައިފި އެވެ. ހުޅުމާލޭ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ، ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް މިއަދު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕަބްލިކް ވޯކްސް […]