الوسم: ހުކުރު ހުތުބާ

ޚަބަރު

ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ 

ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު ކަމަށާއި އިސްލާމްދީނުގައި ގެއްލުންދިނުން ނޯންނަ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. “ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!” މި މައުލޫއަށް ހާއްސަކުރި މިއަދުގެ ހުކުރު ހުތުބާގައި ބުނީ ކީރިތި ރަސޫލާގެ ޒަމާނުގައި އިންޖީނުލީ އުޅަނދު ނުހުރުމުން، އެ ޒަމާނުގައި ގަވާއިދުތައް ހެދިފައި ނެތް ނަމަވެސް، މަގުހިނގާ މީހުންގެ ހައްގުތަކާއި، މަގު ބޭނުންކުރާ މީހުން ތަބާވާންޖެހޭ އުސޫލުތަކާއި ވާޖިބުތަކެއް އޭރު ވެސް ހުރި ކަމަށެވެ. އެ ހައްގުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން […]

ޚަބަރު ދީން

މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް: ހުތުބާ

މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެ ކަމަށާއި އިގުތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. “މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!” މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމް ދީނަކީ މަސައްކަތްކުރުމަށާއި އުފެއްދުންތެރިކަމަށް ގޮވައިލާ ދީން ކަމަށާއި އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ އިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ހަލާލު ގޮތުގައި އާމްދަނީ ހޯދުން […]

ޚަބަރު ދީން

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށާއި އެ ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުމާ ގުޅޭގޮތުން މިއަދުގެ ހުކުރު ހުތުބާގައި ބުނީ ހަގީގީ ރަޙުމަތްތެރީންނަކީ، ހެޔޮ ކަންކަމަށް މަގުފަހިކޮށްދީ، ހެޔޮ ނަސޭހަތްދޭ މީހުން ކަމަށެވެ. އެހެންކަމުން ނުބައި ކަންކަންކަމަށް ހިތްވަރުދޭ މީހުން ރަހުމަތްތެރީންކަމުގައި ނުބަލުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. “ދުންފަތުގެ އިސްތިއުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ […]