الوسم: ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)

ޚަބަރު

ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން: އެންސްޕާ

ބޭސްފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ މަހު 35 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހު އެންސްޕާ އިން ހަރަދުކުރި 45 މިލިއަނަށްވުރެ 10 މިލިއަން ދަށް އަދަދެކެވެ. އެންސްޕާ އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވެންބަރު މަހު އެ އޭޖެންސީން ޖުމުލަ ހަރަދުކޮށްފައިވަނީ 35,183,387.59 ރުފިޔާ އެވެ. އޭގެ ތެރެއިން ރޭއްޖެއިން […]

ޚަބަރު

5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން އިތުރުވެއްޖެ

މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި އިތުރު 500 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ. އެންސްޕާ އިން ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދަކީ 14،412 އެވެ. ނަމަވެސް އެންސްޕާ އިން އިއްޔެ ބުނި ގޮތުގައި މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް […]