ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް އޮތީ ބޯވަތަށް
އިގުތިސާދު ނަގައި ކޮޅަށް ޖެހުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އިގުތިސާދާއި ކޮރަޕްޝަން އޮތީ ބޯވަތަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންއެފްގެ ”ރީސެޓް“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ތަނެއްގައި އިގުތިސާދު ކޮޅަށް ޖެހުނު ކަމަށް ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް […]

