الوسم: ރައީސް މުހައްމަދު ނަޝީދު

ޚަބަރު

ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ! 

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، މިފްކޯއިން މަސް ގަތުމަށް ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުން މިދިޔަ ބުރާސްފަތި ދުވަހު ބައެއް މަސްވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ. އެ އިހުތިޖާޖުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރާއި ތިން މަސްވެރިއެކެވެ. ނަޝީދު ވިދާޅުވީ […]

ޚަބަރު

އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު 

އެމްޑީޕީއަށް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އިންތިހާބުވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ)އަށް މަރުހަބާ ދެންނެވުމަށް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަން ދަމަހައްޓަވައި، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތުގައި އެ މަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. […]

ޚަބަރު

ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް ވެސް ދެން ނުލިބޭނެ

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ކުރަމުން އައި ހަރަދު ކަނޑާލަން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައި މިހާރު އޮންނަނީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި […]

ޚަބަރު

ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ކުރަމުން އައި ހަރަދު ކަނޑާލަން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މި ގާނޫނުގެ އަށް ވަނަ މައްދާގައި މިހާރު އޮންނަނީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175,000 […]