ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓުތަކުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާދިނުން ހުއްޓުވައި، ސާވިސް ޗާޖު ނެގި ބޭރު ފައިސާއަކުން، އެ ފައިސާ މުވައްޒަފުންނަށް ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. އެ ބިލު މަޖިލީހަށް ހުށަހަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ. މައުރޫފް ޒާކިރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖު ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަންވާނެ ކަމަށް ގާނޫނުގައި […]




