ޚަބަރު
ތިން މިނިސްޓްރީއެއްގައި ރޯވުން: ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އެހީއެއް
މިދިޔަ އަހަރު ފަހުކޮޅު ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާ ގުޅިގެން ޗައިނާ އިން 2.8 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފި އެވެ. ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީ ހަވާލުކުރިކަމުގެ ލިޔުމުގައި ވަނީ ސޮއިކޮށްފަ އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ލިޔުމުގައި ސޮއިކުރެއްވީ ޗައިނާ ސަފީރު ކޮންގް ޝިންހުއާ އެވެ. ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވިކަމަށް ސޮއިކުރެއްވީ […]
