الوسم: ރ. ދުވާފަރު

ޚަބަރު

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ

ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެއެވެ. މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން އިންތިޒާމުކޮށްގެން ދުވާފަރުގައި ކުރިއަށްގެންދިޔަ “އެމްޑަބްލިޔުއެސްސީ މަސް ރޭސް” ގެ ޓައިޓަލް ސްޕޮންސަރުގެ އިތުރުން “މަސްވެރި ހަވީރު” ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމްޑަބްލިޔުއެސްސީން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ބައިވެރިވި އެ ހަރަކާތްތަކާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް […]

ޚަބަރު ވިޔަފާރި

“އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ” ޕްރޮގްރާމު އިފްތިތާހުކޮށްފި 

އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް، ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން “އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ”ގެ ނަމުގައި ޕްރޮގްރާމެއް އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި އިފްތިތާހުކޮށްފިއެވެ. ދުވާފަރުގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި “އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ” އިފްތިތާހުކޮށްދެއްވީ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. “އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ” ޕްރޮގްރާމުގެ އަމާޒަކީ، ދުވާފަރު ގޭބިސީތަކަށް އިޢާދަކުރަނިވި ހަކަތައިގެ މަންފާ ލިބިދީ ކަރަންޓު […]

ޚަބަރު ވިޔަފާރި

ދުވާފަރު ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް 

ރ. ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީއާ އެ މަޝްރޫއު ހަވާލުކުރުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޑިޒައިން ބިލްޑް އުސޫލުން ދުވާފަރުގެ ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ […]

ޚަބަރު ވިޔަފާރި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި 

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ގާއިމުކުރި ފުރަތަމަ ފިއުލް ޝެޑް ހުޅުވައިފިއެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރ. ދުވާފަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މޮޑިއުލާ ސްޓޭޝަން ހުޅުވައިދެއްވީ ރައީސެވެ. އެ ފިއުލް ޝެޑަކީ، މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި […]