الوسم: ބިދޭސީން

ޚަބަރު

މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ސަރުކާރުން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި” ގެ ދަށުން ބަޔޯމެޓްރިކްސް ނުދިން 509 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ބިދޭސީންގެ މައްސަލަ އޮތީ އަޑިނޭނގޭ ފުންމިނެއްގައި ކަމަށާއި ރާއްޖޭގައި ތިބީ ކިތައް ބިދޭސީންކަމެއް […]

ޚަބަރު

ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ

ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުންނާއި ހެއާ ޑްރެސަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ގެޒެޓުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ އާންމުކޮށްފައެވެ. އެ އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ […]

ޚަބަރު

4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އަތުލައިގެންފި

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އަތުލައިގެންފި އެވެ. މޯލްޑިވްސް އިމިގްރޭޝަން އިން ބުނީ މާލޭގައި ހިންގަމުން އަންނަ އެ ތަން ބަލައި ފާސްކުރީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި ކަމަށެވެ. އަދި މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސް އާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާ ކަމަށް ބުންޏެވެ.

ޚަބަރު

ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް ފެނުނު

ހަށި ވިއްކަން ތިބި ބަޔަކު ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާ ޓަވަރުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށި ވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި ޑުރަގް ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު/ ކިއުބާ، ހުސައިން ސޮލާހު (40އ) އާއި […]