الوسم: ބިދޭސީންގެ މައްސަލަ

ޚަބަރު

ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި 

ދަންވަރުގެ ވަގުތުތަކުގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން އިއްޔެ ފެށި ހަރަކާތުގެ ތެރެއިން ރޭ އެކަނިވެސް 23 ބިދޭސިއަކާ ސުވާލުކޮށް، އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށު ތެރޭގެ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ، ރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލުކުރަން ފުލުހުންނާއި ކަމާގުޅޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ. ފުލުހުން ބުނީ، ރޭ […]

ޚަބަރު

މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ސަރުކާރުން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި” ގެ ދަށުން ބަޔޯމެޓްރިކްސް ނުދިން 509 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ބިދޭސީންގެ މައްސަލަ އޮތީ އަޑިނޭނގޭ ފުންމިނެއްގައި ކަމަށާއި ރާއްޖޭގައި ތިބީ ކިތައް ބިދޭސީންކަމެއް […]

ޚަބަރު

4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އަތުލައިގެންފި

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އަތުލައިގެންފި އެވެ. މޯލްޑިވްސް އިމިގްރޭޝަން އިން ބުނީ މާލޭގައި ހިންގަމުން އަންނަ އެ ތަން ބަލައި ފާސްކުރީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި ކަމަށެވެ. އަދި މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސް އާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާ ކަމަށް ބުންޏެވެ.