الوسم: ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)

ޚަބަރު

ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން! 

މައްސަލަތަކަށް ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަށް ނޫން ކަމަށް ބޮޑުކަންނެލި ޔޫނިއަން އޮފް މޯލްޑިވްސް (ބީކޭއެމްޔޫ) އިން ބުނެފިއެވެ. ބޮޑުކަންނެލީގެ ބައެއް މަސްވެރިން ހިމެނޭގޮތަށް ބީކޭއެމްޔޫ އިން މިއަދު ވަނީ ފިޝަރީޒް މިނިސްޓްރީގައި މިނިސްޓަރު އަހުމަދު ޝިޔާމްއާއެކު ތިން ގަޑިއިރުގެ ބައްދަލުވުމުގައި ބައިވެރިވެފައެވެ. އެ ބައްދަލުވުން ނިންމާލަން ޖެހުނީ ޝިޔާމަށް އައި ކުއްލި ކޯލަކާ ގުޅިގެންނެވެ. އެ ބައްދަލުވުމަށްފަހު ބީކޭއެމްޔޫގެ ނައިބު ރައީސް އިމްރާން މުހައްމަދު، “ރާއްޖެޓީވީ”އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ […]

ޚަބަރު

ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ! 

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، މިފްކޯއިން މަސް ގަތުމަށް ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުން މިދިޔަ ބުރާސްފަތި ދުވަހު ބައެއް މަސްވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ. އެ އިހުތިޖާޖުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރާއި ތިން މަސްވެރިއެކެވެ. ނަޝީދު ވިދާޅުވީ […]

ޚަބަރު

މައުރޫފަށް އަނިޔާނުކުރާ ކަމަށްބުނެ، ބަންދުން ދޫކޮށްލައިފި

ބޮޑުކަންނެލި މަސްވެރިން ކަނޑުމަތީގައި ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރަށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ފުލުހުން އޭނާ ބަންދުން ދޫކޮށްލައިފިއެވެ. ބޮޑުކަންނެލި މަސްވެރިން ކަނޑުމަތީގައި ކުރި އިހުތިޖާޖާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި މައުރޫފް ހުންނެވީ ފަސް ދުވަހުގެ ބަންދެއްގައެވެ. އެ ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ. […]

ޚަބަރު

އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން 

ބޮޑުކަންނެލި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖުގައި ބައިވެރިވި މަސް ދޯނިތަކުގެ މަސްވެރިން، އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި، 49 ދޯންޏެއްގެ މަސްވެރިން އިހުތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފައެވެ. އެ އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން ތިން ދޯންޏެއް ފުލުހުންގެ […]

ޚަބަރު

މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްވެރިންގެ މުޒާހަރާ ލީޑުކުރާ ދޯނީގައި އެ މީހުން ތިއްބައި އެ ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ. ފުލުހުން ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އަމުރަށް […]