އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އިންތިހާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފައްޔާޒް އިސްތިއުފާދެއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާތީ، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދެއްވުމުގެ ގޮތުންނެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި […]
