ޚަބަރު
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް ފަށައިފި
މިނަށްވުރެ ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް ހަދާ ސާޖަރީ، ބޭރިއަޓްރިކް ސާޖަރީގެ ހިދުމަތް އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި އެވެ. ބޭރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމުގެ ސައިޒާއި އަދި މަސައްކަތްކުރާ ގޮތަށް ބަދަލު ގެނެސް މިނަށްވުރެ ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް ކުރާ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެކެވެ. އައިޖީއެމްއެޗުން ބުނީ، މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާއެކު ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުވެ އަމިއްލަ ނަފުސަށް […]
