މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެއެވެ. މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން އިންތިޒާމުކޮށްގެން ދުވާފަރުގައި ކުރިއަށްގެންދިޔަ “އެމްޑަބްލިޔުއެސްސީ މަސް ރޭސް” ގެ ޓައިޓަލް ސްޕޮންސަރުގެ އިތުރުން “މަސްވެރި ހަވީރު” ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމްޑަބްލިޔުއެސްސީން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ބައިވެރިވި އެ ހަރަކާތްތަކާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް […]
