الوسم: އެފްއެސްއެމް

ޚަބަރު ވިޔަފާރި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި 

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ގާއިމުކުރި ފުރަތަމަ ފިއުލް ޝެޑް ހުޅުވައިފިއެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރ. ދުވާފަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މޮޑިއުލާ ސްޓޭޝަން ހުޅުވައިދެއްވީ ރައީސެވެ. އެ ފިއުލް ޝެޑަކީ، މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި […]

ޚަބަރު

“ސިލޯނާއެކު ދިވެހިން” ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ

ތޫފާން “ޑިޓްވާ” އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް އެހީގެ ގޮތުގައި އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯންގެ ފަންޑަށް އެސްޓީއޯ ގްރޫޕުގެ ފަރާތުން ފޯރުކޮށްދޭ 250،000 ރުފިޔާގެ އެހީ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެ ފައިސާގެ އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި […]