ޚަބަރު
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން ނުކުމެއްޖެ
ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯކުރަން ފަށައިފި އެވެ. ހުޅުމާލޭ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ، ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް މިއަދު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕަބްލިކް ވޯކްސް […]
