الوسم: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޚަބަރު

ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން މިހާތަނަށް 500,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ. ތާރީހީ ކުލަގަދަ ހަފުލާ އަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލާއެކު 26 ޖުލައި 2025 ގައެވެ. ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްއޭސީއެލް އިން ބުނީ، ޓާމިނަލް 1 އިން 15 ޑިސެންބަރު 2025ގެ ނިޔަލަށް 508,008 ފަސިންޖަރުންނަށް ހިދުމަތް […]

ޚަބަރު ދުނިޔެ

މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1 އަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި އެވެ. އެމިރޭޓްސް އަކީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވި އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 36 ވަނަ އެއާލައިނެވެ. އަދި މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޔޫއޭއީގެ ހަތަރުވަނަ އެއާލައިނެވެ. އާ ޓާމިނަލުން އެމިރޭޓްސް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު […]