ޚަބަރު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލް އިން މިއަދު އަންގައިފި އެވެ. އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މާލޭ […]
