الوسم: މަސްވެރިކަން

ޚަބަރު

ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށާއި ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިފްކޯއަށް މަސް ގަތުމަށް ގޮވާލައި ކަނޑުމަތީގައި ބޮޑުކަންނެލީގެ މަސްވެރިން ވަނީ ދާދި ފަހުން އިހުތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށް، އިހުތިޖާޖުގައި ބައިވެރިވި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ […]

ޚަބަރު ކުއްލި ޙަބަރު

މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ

މާދަމާއިން ފެށިގެން ގަންނާނެ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސް ގަންނަ އަގަކީ 16 ރުފިޔާ ކަމަށް ކަނޑައަޅައިގެން، މިހާރު މިފްކޯއިން މަސް ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށެވެ. އެކަމަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ […]

ޚަބަރު ދީން

މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް: ހުތުބާ

މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެ ކަމަށާއި އިގުތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. “މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!” މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމް ދީނަކީ މަސައްކަތްކުރުމަށާއި އުފެއްދުންތެރިކަމަށް ގޮވައިލާ ދީން ކަމަށާއި އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ އިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ހަލާލު ގޮތުގައި އާމްދަނީ ހޯދުން […]