الوسم: މާލޭ ސިޓީ ކައުންސިލް

ޚަބަރު

މާލޭގެ ކައުންސިލަރުން ޝަރުތު ހަމަވަނީ ދިމްޔާތުގެ ބަދިގެ ބަލަހައްޓަން: ޔާމީން 

މާލޭ ސިޓީގެ މިހާރު ކައުންސިލަރުން ޝަރުތު ފުރިހަމަވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ދިމްޔާތުގެ ބަދިގެ ބަލަހައްޓަން ކަމަށް ވިދާޅުވެ، ޕީއެންސީގެ ކައުންސިލަރުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފާޑުވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންއެފްގެ “ރީސެޓް” ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ އިންޓާނަލް އޮޑިޓެއް ނަހަދާތާ ދިހަ އަހަރު ވެފައިވާ ކަމަށާއި ބިމާ ގުޅޭ މައްސަލަ އެޖެންޑާކުރުމުން ވެސް ޕީއެންސީގެ ކައުންސިލަރުން ބައްދަލުވުން ދޫކޮށްލާފައިދާ ކަމަށެވެ. […]

ޚަބަރު

ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް ނޫން: ނަހުލާ 

ވީދާލާފައިވަނީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނަހުލާ ވިދާޅުވެފައިވަނީ ވިލިމާލޭގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށްޓަކައި އެ މަސައްކަތް ހަވާލުކޮށްފައިވާ މެރީ ޖޫގޯއާ ބިން ހަވާލުކުރުމަށް ފިންގާޕްރިންޓް ޖަހާފައިވަނީ ލިޔުމުގައި ހަ މަސް ކުރީގެ ތާރީހެއް ޖަހައިގެން ކަމަށެވެ. ރަސްމީ ދެ ލިޔުމެއް ނަހުލާ ވީދާލި ކަމަށް ވިދާޅުވެ، މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވީ އިރާލާފައިވާނީ މެރީ ޖޫގޯގެ […]

ޚަބަރު

ކައުންސިލަރު ނަހުލާ، އެގްރިމަންޓު ލިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، މާލޭ ސިޓީ ކައުންސިލުގައި ހުރި އެގްރީމަންޓު ލިޔުންތަކެއް ވީދާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. މިހާރު އާންމުވެފައިވާ މާލޭ ސިޓީ ކައުންސިލުގެ ވީޑިއޯ ފުޓޭޖަކުން ފެންނަ ގޮތުގައި، ނަހުލާ ވަނީ މުވައްޒަފެއްގެ އަތުގައި ހުރި ލިޔެކިޔުންތަކެއް ވީދާލައިފައެވެ. މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުން ހޫނުވެ، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ނަހުލާ ވަނީ ރަސްމީ ދެ ލިޔުމެއް ވީދާލާފައި ކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށެވެ. އެއީ ގާނޫނާ […]