ޚަބަރު
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން
މޯލްޑިވްސް އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖެއް، ފުލުހުންނާ ހަވާލުކުރަން އެންގެވީ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އިހުސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، އިމިގްރޭޝަންގެ ތެރެއިން ހިންގި ހިޔާނާތެއްގެ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކޮށްފައިވާ ފޭރުމުގެ ބައިވެރިވުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑަރިންގެ ދައުވާގައި، މިއަދު ކުރިމިނަލް ކޯޓުގައި އިމިގްރޭޝަންގެ މުވައްޒަފަކު ދީފައިވާ ހެކިބަހަކާ ގުޅިގެންނެވެ. […]

