ޚަބަރު
“ސިލޯނާއެކު ދިވެހިން” ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
ތޫފާން “ޑިޓްވާ” އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް އެހީގެ ގޮތުގައި އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯންގެ ފަންޑަށް އެސްޓީއޯ ގްރޫޕުގެ ފަރާތުން ފޯރުކޮށްދޭ 250،000 ރުފިޔާގެ އެހީ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެ ފައިސާގެ އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި […]

