الوسم: ފުލުހުން

ޚަބަރު

ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން ނުކުމެއްޖެ

ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯކުރަން ފަށައިފި އެވެ. ހުޅުމާލޭ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ، ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް މިއަދު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕަބްލިކް ވޯކްސް […]

ޚަބަރު

ހައްޔަރުނުކޮށް ދޫކޮށްލި ސަނީ އުމަރު ހައްޔަރުކޮށްފި، ހައްޔަރުކުރީ ފުރައިގެންދާން އުޅެނިކޮށް އެއާޕޯޓުން!

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކުރި އިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، އާއިލާގެ ފަރާތުން އިއްޔެ ފުލުހަށް އޮތީ ހުށަހަޅައިފަ އެވެ. އަދި މިއަދު އެ މައްސަލައިގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އަށް ސަނީ އުމަރު ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް […]

ޚަބަރު

ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް ފެނުނު

ހަށި ވިއްކަން ތިބި ބަޔަކު ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާ ޓަވަރުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށި ވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި ޑުރަގް ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު/ ކިއުބާ، ހުސައިން ސޮލާހު (40އ) އާއި […]