الوسم: ފުލުހުން

ޚަބަރު

ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން ގެނެސް ތަހުގީގު ހިންގާނަން!

ބޭރު ގައުމުތަކުގައި ގާއިމުވެތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގައި ދިވެހިން ހަރަކާތްތެރިވަމުންދާ ކަމަށާއި ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެ މީހުން ރާއްޖެ ގެނެސް ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގައި ތިބެގެން ރާއްޖެއަށް ޑުރަގް […]

ޚަބަރު

ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367/ މާލެ، ހަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ/ ދޫޑިގަން. ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި/ ބ. ގޮއިދޫ، ހުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއި (21އ) އެވެ. ފުލުހުން ބުނީ، މި މީހުން ހައްޔަރުކުރީ ޑުރަގް ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާ […]

ޚަބަރު

ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކ. ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ، ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:17 އެހާކަށްހާއިރު ކަމަށެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މަރުވެފައި އޮތް ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އޮޔާ ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން […]

ޚަބަރު

މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި/ ލިލީނައިޓް، މުހައްމަދު މައުސޫމް ނަމަކަށް ކިޔާ 22 އަހަރުގެ މީހެކެވެ. އޭނާގެ ހައްޔަރު ބަންދު ރެކޯޑެއް ނެތް ކަމަށް ބަންދު އަމުރުގައިވެ އެވެ. އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށެވެ. ނަމަވެސް އޭނާއަކީ ފުލުހެއް ކަމަށްވާތީ އާއި ގާނޫނު ނެގެހެއްޓުމަށް މަތީ ދަރަޖައަކަށް ޒިންމާ އޮތް ފަރާތަކަށްވާތީ، ޝަރީއަތްކުރުމާބެހޭ ޖިނާއީ […]

ޚަބަރު

ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި

ށ. ފުނަދޫން ފީވަކަށް އެކަނި ދަތުރުކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި އެވެ. ފުލުހުން މިއަދު ބުނީ, އުމުރުން 68 އަހަރުގެ އެ މީހާ ދަތުރުކުރަމުންދިޔަ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު 11:50 ހާއިރު ލިބުމުން ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް އޭނާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ. ފުލުހުން […]

ޚަބަރު

އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު ބުނެގެން ކޮށްދިން ކަމެއް ކަމަށް

އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު، އެއީ މީހަކު ބުނެގެން އޭނާ ކޮށްދިން ކަމެއް ކަމަށް ކޯޓުގައި ބުނެފި އެވެ. މި މައްސަލައިގައި ހައްޔަރުކުރީ ށ. މިލަންދޫއަށް އުފަން 29 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ. ބަންދު މަޖިލީހުގައި އެ މީހާ ވަނީ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަގަށް ނެގި […]

ޚަބަރު

މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްވެރިންގެ މުޒާހަރާ ލީޑުކުރާ ދޯނީގައި އެ މީހުން ތިއްބައި އެ ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ. ފުލުހުން ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އަމުރަށް […]

ޚަބަރު

64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ 30 ދުވަހަށް ބަންދު

އުމުރުން 64 އަހަރުގެ މީހަކަށް އިއްޔެ ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 10:05 ހާއިރެވެ. ދެ ލޯބިވެރިންގެ ދެމެދުގައި ހިންގި އެ މާރާމާރީގައި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ […]

ޚަބަރު

މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި ނޫން ކަމަށް

ސެލޫނަކަށް ވަދެ މާރާމާރީ ހިންގުނީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ކޯޓުގައި ބުނެފި އެވެ. މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ފުލުސް މީހާއަކީ ސ. ހިތަދޫ/ އަސަރީވިލާ, އަލީ މަނިކެވެ. އޭނާއަކީ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ. އޭނާއަށް ފުލުުހުން ތުހުމަތު ކުރަނީ މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް […]

ޚަބަރު

ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް

ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކަމުންދިޔަ ބަޔަކު ހޯދައި، އެ މީހުން ވޭޕް ވިއްކަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފި އެވެ. ފުލުހުން މިއަދު ބުނީ، އެ މީހުން އަތުލައިގަތީ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް އޭގެ ތެރެއިން އެއް ގެއިން ޖުމުލަ 59 ވޭޕް އަދި ވޭޕް […]