• Home  
  • މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި ނޫން ކަމަށް
- ޚަބަރު

މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި ނޫން ކަމަށް

ސެލޫނަކަށް ވަދެ މާރާމާރީ ހިންގުނީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ކޯޓުގައި ބުނެފި އެވެ. މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ފުލުސް މީހާއަކީ ސ. ހިތަދޫ/ އަސަރީވިލާ, އަލީ މަނިކެވެ. އޭނާއަކީ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ. އޭނާއަށް ފުލުުހުން ތުހުމަތު ކުރަނީ މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް […]

ސެލޫނަކަށް ވަދެ މާރާމާރީ ހިންގުނީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ކޯޓުގައި ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ފުލުސް މީހާއަކީ ސ. ހިތަދޫ/ އަސަރީވިލާ, އަލީ މަނިކެވެ. އޭނާއަކީ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ.

އޭނާއަށް ފުލުުހުން ތުހުމަތު ކުރަނީ މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.

އޭނާގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެއީ އޭނާގެ ބަންދުގައި ހުއްޓާ ކަސްޓޯޑިއަލް ތެރެއަށް ވެއްޓި ހަރަކާތް މެދުވާން ފެށުމުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރަން ޖެހުމުންނެވެ. އެ ދުވަހު ގާޒީ ވަނީ ހޮސްޕިޓަލުން ދޫކޮށްލާތާ ގިނަވެގެން 24 ގަޑިއިރު ތެރޭ އަލުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެ ކަމަށް އަންގަވައިފަ އެވެ.

އަލީ މަނިކު އިއްޔެ ކޯޓުގައި ބުނީ އޭނާ ހަމަނުޖެހުން ހިންގި ސެލޫނަކީ އޭނާ ކުރިން ވެސް ގޮސް އުޅޭ ތަނެއް ކަމަށާއި އެ ދުވަހު ދިޔައިރު ހުރީ ނުނިދާ އެތައް ދުވަހެއް ވެފައި ކަމަށާއި އެހެންވެ ހުރީ ހަމަޔަކު ނޫން ކަމަށެވެ.

އޭނާ ވަނީ މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކުގައި ކަމަށް އިއްޔެ ބުނެފަ އެވެ. އެހެންވެ ގާޒީ ނިންމެވީ ބަންދަށް ފަސް ދުވަސް ދިނުމަށެވެ.

0 Comments

  1. Moona Moony

    ديسمبر 8, 2025

    Aha e balikujjakahvee dhen dhookohlaa e nimuneenu ekamaku libunu gehlumuge badhalu dhineema minivan vaanee adhi fuluhunge vazeefaaga hunnaakah kamaku nudheynu

Leave a comment

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *